ނުރައްކާތެރި މިންވަރަށް ވައިނުސާފުވެ އޮރެންޖު އެލާޓް ނެރެފި

މިހާރު

12 ޑިސެމްބަރު 2025 | ހުކުރު | 3:54

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވުމުން، އެޗްޕީއޭއިން އޮރެންޖު އެލާޓް ނެރެފި އެވެ.

އެ އިދާރާއިން އިއްޔެ ބުނީ ވައި ނުސާފުވުމުން ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، އެ ފަދަ ހާލަތުގައި ތިބި މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު އެން95 މާސްކު ބޭނުންކުރުމާއި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕަން އަދި އެއާ ޕިއުރިފަޔާ ބޭނުންކުރަން އެދިފަ އެވެ.

މައުޟޫޢުތަށް