މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ޔޫނިއަނުން ގޮވާލައިފި

މިހާރު

12 ޑިސެމްބަރު 2025 | ހުކުރު | 4:13

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ކަނޑުމަތީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ގޮވާލައިފި އެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ.

އޭގެ ތެރޭގައި އެ ޔޫނިއަންގެ ކޯ-ފައުންޑަރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އެ އިހުތިޖާޖުގައި ބައިވެރިވި ދޯންޏެއްގެ ކެޔޮޅެއް ކަމަށްވާ އަބްދުލް ލަތީފު އަދި ދޯނިތަކަށް ރަޖިސްޓްރީކޮށްފައި ތިބި ބިދޭސީންތަކެއް ހިމެނެ އެވެ.

މައުޟޫޢުތަށް