އޮސްޓްރިއާގައި 14 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކޮށްފި

މިހާރު

12 ޑިސެމްބަރު 2025 | ހުކުރު | 4:32

އުމުރުން 14 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކުރާ ބިލެއް އޮސްޓްރިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ސެންޓްރިސްޓް ނުވަތަ މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާ ކަމަށް ބުނާ އޯވީޕީ، އެސްޕީއޯ އަދި ނިއޯސް ޕާޓީގެ ކޯލިޝަނުން ބުނީ މިއީ ޖިންސީ ހަމަހަމަކަމަށް ފާސްކުރި ބިލެއް ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނަމުންދަނީ މިއީ ގައުމުގައި މުސްލިމުންނާ ދެކޮޅުވެރި ފިކުރެއް އާންމުވެދާނެ އަދި ގާނޫނުއަސާސީއާ ވެސް ހިލާފް ބިލެއް ކަމަށެވެ.

އިއްޔެ ފާސްކުރި ބިލުގައިވާ ގޮތުން ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތަކުގައި ވެސް އުމުރުން 14 އަހަރުން ދަށުގެ ކުދިން ތިބެން ޖެހޭނީ ބުރުގާ ނާޅަ އެވެ. މީގެ ތެރޭގައި އާންމު ހިޖާބާއި މޫނުބުރުގާ ހިމެނެ އެވެ.

މައުޟޫޢުތަށް