ބީއެމްއެލް އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ހިމާޔަތްކުރާ ޕްރޮޖެކްޓުތަކަށް ބޮޑު އެހީއެއް: ސައީދު
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 8:47
ބީއެމްއެލް އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީވުމަށް ދެމެހެއްޓެނެވި އާ ގޮތެއް ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި "އެނޭބްލިން ލޯކަލް އެކްޝަން: ދަރޯލް އޮފް ސްމޯލް ގްރާންޓްސް ފެސިލިޓީސް ސްޓްރެންތެނިން ކްލައިމެޓް ރެސިލިއަންސް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ.
ހިލޭ އެހީގެ ގޮތުގައި ދެމުންދާ ތަފާތު "ގްރާންޓު މެކޭނިޒަމް" ތަކުގެ އިތުރުން ބީއެމްއެލް އިން ތަޖުރިބާ ކޮށްފައިވާ އުފެއްދުންތެރި އެހެން ކަންތައްތަކެއް ވޭތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެ ބޭންކުގެ ވިސްނުމަކީ އީޖާދީ އަދި ދެމެހެއްޓެނެވި ރަނގަޅު ނަތީޖާތައް ނެރެވޭނެ ގޮތަށް ހިލޭ އެހީގެ ގޮތުގައި ދެމުން އަންނަ ޕްރޮގްރާމްތައް މެދުވެރިކޮށް ތިމާވެށީގެ ޕްރޮޖެކްޓްތަކަށް އެހީތެރިވުން ކަމަށެވެ.