މެމްބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 8:45
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރި މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުޒާހަރާ ރޫޅާލި އިރު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މައުރޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ބަންދު އިތުރުކުރީ އޭނާގެ މައްޗަށް މައިގަނޑު ތިން ތުހުމަތަކާ އެކުގަ އެވެ. އޭގެ ތެރޭގައި ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ހިމެނެ އެވެ.
މައުރޫފްގެ ފަރާތުން މިއަދުގެ ބަންދުގެ މަޖިލީހުގައި މި ހުރިހާ ތުހުމަތަކަށް ވެސް އިންކާރުކޮށްފައިވެ އެވެ.