މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ދުވާފަރަށް
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 9:24
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނަބަލުން ރ. ދުވާފަރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ޑިސެމްބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި މިރޭ ބާއްވަން ތާވަލް ކޮށްފައިވީ ނަމަވެސް މީގެ ފަސް ދުވަސް ކުރިން ފެށިގެން އެ ދުވަހާ ގުޅޭ ހާއްސަ ހަރަކާތްތައް އެ ރަށުގައި އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި ތަފާތު މުބާރާތްތަކާއި މަސްވެރިންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމް ހިމެނެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން ދުވާފަރުގައި ހިންގާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ރައީސްގެ ދަތުުރުފުޅުގައި މިއަދު ފަށްޓަވައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މިއަދު ކުރިއަށް ގެންދާނެ އެވެ.