ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ ފުޅާ ނެޓްވޯކު ހިންގި އިސް ބިދޭސީމީހާއަށް ލުއި އަދަބެއް

މިހާރު

13 ޑިސެމްބަރު 2025 | ހޮނިހިރު | 11:24

މި ބިދޭސީމީހާ އެކު ދައުލަތުން އެއްބަސްވުމެއް ހެދުމުން ބޮޑު ލުޔެއް ވަނީ ލިބިފައި. ގަވާއިދާ ހިލާފަށް އޭނާ ހޯދި 8 މިލިއަން ރުފިޔާ ދައުލަތަށް ނަގާނެ ގޮތެއް ވެސް ނެތް.

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް، އޭނާ ރާއްޖޭގައި ދިޔައީ ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުންނެވެ.

މައުޟޫޢުތަށް