ބައެއް ކަންކަން ލަސްވަނީ އިގުތިސާދު ކުރިއަރައިގެން ދާނެ ގޮތަކަށް ވިސްނައިގެން ކުރަން ޖެހޭތީ: ރައީސް

މިހާރު

13 ޑިސެމްބަރު 2025 | ހޮނިހިރު | 4:59

މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރަން އުފާވެރި ޚަބަރު ދެއްވަން ބޭނުންފުޅުވަނީ އެ ކަމެއް އިހުލާސްތެރިކަމާ އެކު ފުރިހަމަ ކުރުމަށް ފަހު ކަމަށާއި އެއީ ހަމައެކަނި އިއުލާން ކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް ފައްޓަވަން ނުވަތަ ނަމަކަށް އިއުލާންކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބައެއް ކަންކަން ލަސްވަނީ އިގުތިސާދު ކުރިއަަރައިގެން ދާނެ ގޮތަކަށް ވިސްނައިގެން ކުރަންޖެހޭ ކަންކަން ކަމަށް ވާތީ އެވެ.

މައުޟޫޢުތަށް