ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން ފަށައިފި
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 8:05
ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.
އެމްޓީސީސީން ބުނީ، ސްކޫލްތައް އޮންނަ ދުވަސްވަރު ކޮންމެ އާދިއްތަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު ހަޔަކުން މެންދުރުފަހު 3:30 ވަންދެން ބަހުގެ ދަތުރުތައް ބާއްވާނެ ކަމަށެވެ. ސްކޫލް ބަންދު ދުވަސްތަކުގައި ބަހުގެ ހިދުމަތް ދޭނީ އެ ކުންފުނިން ބުނި ގޮތުގައި މެންދުރު ދެއަކުން ހަވީރު ފަހެއް ޖަހަންދެންނެވެ.