މެސީގެ އިންޑިއާ އިވެންޓް ބޮޑު ހަމަނުޖެހުމަކަށް، މައްސަލަ ތަހުގީގުކުރަނީ

މިހާރު

13 ޑިސެމްބަރު 2025 | ހޮނިހިރު | 8:00

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އިންޑިއާ އަށް ކުރަމުން އަންނަ ދަތުރުގައި، އޭނާ ދެކިލަން ކަލްކަތާގެ ސްޓޭޑިއަމަށް ވަން ސަޕޯޓަރުންނަށް އެކަށީގެންވާ ގޮތަކަށް އެ ފުރުސަތު ނުލިބުމުން، ބައެއް ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި އެވެ.

އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އިންތިޒާމުކުރި މި ދަތުރުގައި މިއަދު ހެނދުނު މެސީ ދެކިލަން، ކަލްކަތާގެ ސޯލްޓް ލޭކް ލޭކް ސްޓޭޑިއަމަށް 80،000 އަށް ވުރެ ގިނަ މީހުން ޓިކެޓް ނަގައިގެން ވަނެވެ. ރާވާފައި އޮތީ ދަނޑު ވަށައި މެސީ ހިނގާލައި ސަޕޯޓަރުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

އެކަމަކު ސްޓޭޑިއަމުގައި މެސީ ހޭދަކުރި 12 މިނެޓުގެ ތެރޭގައި އޭނާއާ އެކު ސިޔާސީ މީހުންނާއި، ވީއައިޕީން ފޮޓޯ ނަގަން އުޅުމާއި، އޭނާ ވަށާއިގެން ސެކިއުރިޓީ ބޮޑު ޓީމެއް އޮތުމުން ސަޕޯޓަރުންނަށް ރަނގަޅަށް އޭނާ ފެންނަ ގޮތެއް ނުވި އެވެ.

މައުޟޫޢުތަށް