އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑުން ބައެއް ގަނބައިގެންފި
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 9:42
މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑުން ބައެއް މިއަދު ގަނބައިގެންފި އެވެ.
މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީ ރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.