މެނޭޖުމަންޓް ފެއިލްވެފައިވާ އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް ހަނގާކުރުމަކީ އާންމު ކަމެއް: ޓީޗަރުންގެ ޖަމިއްޔާ
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 10:40
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އެ ހަމަނުޖެހުން ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކުލާސްރޫމުގެ ސްކްރީނަށް އެޅުވި ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން ދަރިވަރުގެ ފޯނު އަތުލުމަށް ޓީޗަރު މަސައްކަތްކުރުން.
އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް ހަނގާކުރުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމުގައި އެ ސްކޫލުގެ މެނޭޖުމަންޓް ފެއިލްވެފައިވާ ކަމަށް ރާއްޖޭގެ ޓީޗަރުންގެ އެސޯސިއޭޝަން މިއަދު ބުނެފި އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ޓީޗަރުންގެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމެއްގައި ދެން ތިބޭ ދަރިވަރުން ހައްގު ވެސް އޮންނާނެތީ، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.