ބޮޑެތި ފަސޭހަތަކެއް ލިބޭ ބީއެމްއެލްގެ "މަސްވެރިޔާ" ޕޯޓަލް އިފުތިތާހުކޮށްފި
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 9:29
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް އެ ބޭންކުގެ ފައިނޭންސިން ހިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް "މަސްވެރިޔާ" ޕޯޓަލް މިރޭ އިފުތިތާހުކޮށްފި އެވެ.
ރ. ދުވާފަރުގައި މިހާރު ކުރިއަށް ގެންދާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި އެ ޕޯޓަލް އިފުތިތާހު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
މަސްވެރިޔާ ޕޯޓަލް އިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ބީއެމްއެލް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓުތަކަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.