ޕާކިސްތާނާ މެދު ނަފުރަތު އުފައްދާ ކަމަށް ބުނެ ގަލްފުގެ ގައުމުތަކުގައި "ދުރަންދަރު" ދެއްކުން މަނާ

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 7:02

ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ ކަމަށް ބުނެ ގަލްފުގެ ގައުމުތަކުގައި ބޮލީވުޑްގެ ފިލްމު "ދުރަންދަރު" ދެއްކުން މަނާކޮށްފި އެވެ.

ގަލްފުގެ ގައުމުތަކުގެ އެކި ނޫސްތަކުގައި ބުނީ ބަހުރެއިން، ކުވެއިތު، ސައުދި އަރަބިއްޔާ، އޮމާން، ގަތަރު އަދި ޔޫއޭއީގައި "ދުރަންދަރު" ދެއްކުން މަނާކޮށްފައިވާ ކަމަށެވެ. ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ މަންޒަރުތަކެއް "ދުރަންދަރު"ގައި ހުރި ކަމަށް އެ ގައުމުތަކުގެ ފިލްމު ސެޓިފިކޭޝަން ބޯޑުން ނިންމާފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.

ގަލްފުގެ ގައުމުތަކުން މީގެ ކުރިން ވެސް ވަނީ ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ ކަމަށް ބުނެ އިންޑިއާގެ ބައެއް ފިލްމުތައް އެ ގައުމުތަކުގައި ދެއްކުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި "ދަ ކަޝްމީރް ފައިލްސް" އާއި "އާޓިކަލް 370" އަދި "ޓައިގާ 3" ކަހަލަ ފިލްމުތައް ހިމެނެ އެވެ.

މައުޟޫޢުތަށް