ކޯޅުން ނިމިއްޖެ، ސްލޮޓާ ސުލްހަވެ ސަލާހް އައިސް ތާރީހީ ރެކޯޑެއް ހަދައިފި!
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 9:19
ބްރައިޓަން ހޯވްއެލްބިއޯން އާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހް ކުރި އެސިސްޓާ އެކު ޕްރިމިއާ ލީގުގައި ތާރީހީ ރެކޯޑެއް ހަދައިފި އެވެ.
ބްރައިޓަންއާ ދެކޮޅަށް ލިވަޕޫލުން ރޭ ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ދެ ލަނޑު ވެސް ޖެހީ ހޫގޯ އެކިޓީކޭ އެވެ. ދެވަނަ ލަނޑު ޖަހަން ސަލާހް ނަގައިދިން ކޯނަރާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހީ ރެކޯޑެއް ހަދައިފަ އެވެ.
އެއީ އެއް ޓީމުގައި އެންމެ ގިނަ ލަނޑު ޖެހުމުގައި ހިއްސާވި ކުޅުންތެރިޔާގެ ރެކޯޑެވެ. ކުރިން މި ރެކޯޑް އޮންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އަތުގަ އެވެ.