ވުލްވްސް އިން ބައިކޮޅަށް ޖެހި ގޯލުން އާސެނަލަށް މޮޅެއް

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 8:51

އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ވުލްވްސް އަތުން ބައިކޮޅަށް ވަން ދެ ގޯލުން، 2-1 އިން ފަހު ވަގުތު މޮޅުވެ އާސެނަލް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި މިދިޔަ ހަފުތާގައި ކުޅުން މެޗުން ބަލިވެ ކޮންމެވެސް ވަރެއްގެ މާޔޫސްކަމާ ކުރިމަތިލި އާސެނަލް އެއް ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ. މިރޭ ކްރިސްޓަލް ޕެލަސް އަތުން ސިޓީ މޮޅުވެއްޖެ ނަމަ އާސެނަލްގެ ލީޑު އަނެއްކާ ވެސް ދެ ޕޮއިންޓަށް ހަނިވާނެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ 70 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ލިބުނީ ވުލްވްސްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މައުޟޫޢުތަށް