މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން އަންގައިފި

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 10:59

މީޑިއާތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ކަނޑައަޅާނީ މީޑިއާ ކޮމިޝަނުން.

ދައުލަތުގެ ބަޖެޓުން މާލީ އެހީގެ ގޮތުގައި އަމިއްލަ މީޑިއާތަކަށް ދޭން ނިންމި ފައިސާ މި މަސް ނިމުމުގެ ކުރިން ދޫކުރަން ޔޫތު މިނިސްޓްރީ އަށް ރައީސް އޮފީހުން އަންގައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ މި އަހަރު ނިމުމުގެ ކުރިން ދިނުމަށް ޔޫތު މިނިސްޓްރީ އަށް މިދިޔަ ހަފުތާގައި އަންގާފައިވާ ކަމަށެވެ.

މައުޟޫޢުތަށް