އީރާނަށް ދިޔަ ބޯޓެއް އިންޑިއާ ކަނޑުގައި އޮއްވައި އެމެރިކާ ސިފައިން އަރައި މުދާތަކެއް ހިފަހައްޓައިފި

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 1:00

ޗައިނާއިން އީރާނަށް މުދާ ހިފައިގެން ދިޔަ ބޯޓެއް އިންޑިއާ ކަނޑުގައި އޮއްވައި މިދިޔަ މަހު އެމެރިކާ ސިފައިން އަރައި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ބައެއް ސާމާނު ހިފަހައްޓާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

އެ ނޫހުން ބުނެފައިވަނީ ކާގޯ ބޯޓަށް އަރައި ހިފެހެއްޓީ ސްރީ ލަންކާއާ އެތައް ސަތޭކަ މޭލެއް ދުރުން، އިންޑިއާ ކަނޑުގެ ތެރެއިން ކަމަށެވެ. ބޯޓުގައި ހުރި މުދަލުގެ ތެރެއިން، އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ސާމާނު ހިފެހެއްޓުމަށް ފަހު ބޯޓު އޭގެ މަންޒިލަށް ދަތުރުކުރަން ދޫކޮށްލި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަން ސިއްރުކޮށްދިނުމަށް ޝަރުތުކޮށް ވޯލް ސްޓްރީޓާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވަނީ އެ ޝިޕްމަންޓަކީ އެމެރިކާއިން ފާރަލަމުން އަންނަތާ ވަރަށް ދުވަސް ވެފައިވާ ޝިޕްމެންޓެއް ކަމަށެވެ.

މައުޟޫޢުތަށް