ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 12:12
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފި އެވެ.
އަލިފާނުގެ ހާދިސާގައި ފިހުނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. އޭނާއަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.