އަބްދުއްރަހްމާންގެ މަރު: ޝަރީއަތް ފެށިއިރު، ބައެއް ރިޕޯޓްތައް ނުނިމި
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 12:21
އއ. މާޅޮހުގައި މަރާލި އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
މިދިޔަ ޖުލައި މަހުގެ ރެއެއްގެ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާން އޭނާ ދިރިއުޅުނު ގޭގައި ނިދާފައި އޮއްވާ އެ ގެއަށް ބަޔަކު ވަގަށް ވަދެ ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މާޅޮހު ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި މުހައްމަދު ވިސާމާއި އެ ރަށު ފިނިވާގޭ އަހުމަދު ފާރިސްގެ މައްޗަށެވެ.
އޭގެ ތެރެއިން އާޝިދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު، ވިސާމާއި ފާރިސްގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.