ސަރުކާރުގެ 12 ކުންފުންޏަށް ފުރަތަމަ ކުއާޓާގައި 222 މިލިއަނުގެ ގެއްލުން

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 3:51

ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 222 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޕީސީބީގެ ކުއާޓަލީ ރިވިއު ރިޕޯޓުން ދައްކައިފި އެވެ.

ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.

ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ، އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ ގެއްލުން 46 މިލިއަން ރުފިޔާއަށް އަރަ އެވެ.

މައުޟޫޢުތަށް