މަސްވެރިކަމުގެ ގޮންޖެހުންތަކުން އަރައިގަންނަން 4.5 ބިލިއަން ރުފިޔާ އިންވެސްޓް ކުރާނެ: މިނިސްޓަރު

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 2:20

މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އޭގެ ސަބަބުން މަސްވެރި އާއިލާތަކަށް ރަނގަޅު އާމްދަނީއެއް ހޯދައި ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ހުށަހެޅުއްވި ޕްރެޒެންޓޭޝަންގަ އެވެ.

އެ ޕްރެޒެންޓޭޝަންގައިވާ ގޮތުން މަސް ރައްކާ ކުރެވޭނެ ނިޒާމު 9،500 ޓަނުން 25،000 ޓަނަށް މި ސަރުކާރުން އިތުރު ކުރާނެ އެވެ. އެއީ ހއ. އިހަވަންދޫގައި 1،000 ޓަނު، ޅ. ފެލިވަރުގައި 4،000 ޓަނު، ފ. ނިލަންދޫގައި 1،500 ޓަނު، މ. މުލަކުގައި 500 ޓަނު، ތ. ހިރިލަންދޫގައި 200 ޓަނު، ގއ. ކޫއްޑޫގައި 4،000 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު، ގދ. ފިޔޯރީގައި 3،000 ޓަނު އަދި ސ. ހުޅުމީދޫގައި 1،000 ޓަނު އިތުރު ކުރާނެ އެވެ.

މައުޟޫޢުތަށް