ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ނޯޓިލަސްގެ ފަރާތުން 150،000ރ. ގެ އެހީއެއް!
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 1:13
ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ނޯޓިލަސް ފައުންޑޭޝަންގެ ފަރާތުން 150،000ރ. ގެ ފައިސާގެ އެހީއެއް ދީފި އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނޯޓިލަސް ފައުންޑޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެންސާ ސޮސައިޓީއާ ގުޅިގެން މަސައްކަތްކުރުމަށް އެ ފައުންޑޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން 150،000ރ. ގެ އެހީއެއް ދީފައިވާ ކަމަށް ވެސް ނޯޓިލަސްގެ ބަޔާނުގައި ބުންޏެވެ.