ޑޮލަރު މާރުކުރި ފައިސާ އެފްއޭއެމްގެ އެކައުންޓަށް ނުވަންނަ ކަމަށް ބައްސާމް ބުނި: ޖަވާޒު

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 1:16

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މާރުކުރި ޑޮލަރަށްވާ ދިވެހި ފައިސާ ގަނޑުކޮށް ލިބުނު ނަމަވެސް، އެކައުންޓަށް ޖަމާނުވާ ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވި ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ހެކިބަސް ދެމުން ވިދާޅުވެއްޖެ އެވެ.

ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ބައްސާމަށް ދައުވާ ކުރަނީ އެއް މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ޖަމާކޮށް އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ބައްސާމް ގަތް ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.

މައުޟޫޢުތަށް