ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 1:57
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ.
އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައި ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުންޏެވެ.