ސިޑްނީގެ ބޮންޑައި ބީޗްގައި ބަޑިޖަހައި އެތައް ބަޔަކު މަރާލައިފި
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 4:00
އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑި ޖަހައި އެތައް ބަޔަކު މަރާލައިފި އެވެ.
ނެޝަނަލް ބްރޯޑްކާސްޓަރު އޭބީސީ އިން ބުނީ މިއަދު އިރު އޮއްސުނު ވަގުތު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 9 އަށް އަރާ ކަމަށާއި އޭގެ އިތުރުން، ބަޑިޖެހި ދެ މީހުންގެ ތެރެއިން އެކަކު ވެސް މަރުވެފައިވާ ކަމަށެވެ.
އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އެއް ބީޗް ކަމަށްވާ ބޮންޑައިގައި ބަޑިޖެހި ހާދިސާގައި 12 ވަރަކަށް މީހަކު ވަނީ ޒަހަމް ވެސް ވެފަ އެވެ. މީގެ ތެރޭގައި ފުލުހުންގެ ދެ މީހަކު ވެސް ހިމެނެ އެވެ.