ގަނބައިގަތް ގޭގެ އެސެސްމަންޓެއް ހަދައި ނިމެންދެން އިމާރާތް ކުރުން ހުއްޓުވައިފި

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 6:08

މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުން އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފި އެވެ.

އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.

އިއްޔެ މެންދުރުފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މައުޟޫޢުތަށް