މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފި

މިހާރު

14 ޑިސެމްބަރު 2025 | އާދިއްތަ | 8:52

ދައުލަތުގެ މަސްކުންފުނި މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

މިފްކޯ އިން އެފްއެސްއެމާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ގެނައި އެ ބަދަލާ އެކު، މިއަދުން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި ހެޔޮވާނެ ކަމަށް މިފްކޯ އިން ބުންޏެވެ. އަދި ތިން ޓަނަށް ވުރެ މަތިން މަސްކިރާ މީހުންނަށް ތެލުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ އެވެ.

މިފްކޯ އިން ބުނި ގޮތުގައި އެ ކުންފުންޏަށް މަސްކިރާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ތެޔޮ ވިއްކާނީ ލިޓަރަކަށް 13.90 ލާރި އަށެވެ. ތިން ޓަނަށް ވުރެ އިތުރަށް މަސްކިރާ ނަމަ ލިޓަރެއް ވިއްކާނީ 13.72 ލާރި އަށް ކަމަށް ބުންޏެވެ.

މައުޟޫޢުތަށް