އިންޑިއާ މީހެއްގެ ލަގެޖުން ޑްރަގް ފެނުމުން ބުނީ ލަގެޖް ހުރީ އޭނާގެ ޓްރޮލީގައި ނޫން ކަމަށް
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 9:43
ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެ އެއާ ހަވާލުވާން އިންކާރުކޮށްފި އެވެ.
ފަސިމް ސަހަފް އޮޑަކުންނަތު، 22، ހައްޔަރުކޮށް ބަންދަށް ދެ ދުވަސް އިތުރުކޮށް އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މިއީ މުޅިން އަލަށް ރާއްޖެ އައި މީހެކެވެ.
ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ބުނެފައިވާ ގޮތުން ޑްރަގް ހުރި ލަގެޖު ގެނައި ކަމަށް ފުލުހުން ބުނާ މީހާ ވަނީ އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ލަގެޖް ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުންކަން މައްސަލަ ތަހުގީގުކުރާ ފަރާތަށް ބުނެދެވިފައި ނުވާ ކަމަށާއި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަން ނުވަތަ ނޫންކަން ބަލަން ކުޑަކަމުދާ ތަކެތި ވެސް ޓެސްޓު ނުކުރާ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.