ރެއާލުން ޕްރެޝަރު ކަނޑުވާލައި ޒަބީގެ ވަޒީފާ ސަލާމަތްކޮށްފި!
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 10:53
ޑިޕޯޓިވޯ އަލަވޭޒްގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން ކޯޗު ޒަބީ އަލޮންސޯ އަށް އޮތް ޕްރެޝަރު ކަނޑުވަލާއިފި އެވެ.
ސްޕެއިންގެ ބާސްކް ކަންޓްރީގެ އަލްވާގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ންނެވެ.
މޮޅާ އެކު ރެއާލުން ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. މި ނަތީޖާއަކީ ހިތްދަތި ފަސް މެޗެއްގެ ނަތީޖާއަށް ފަހު ރެއާލް އަށް ލިބުނު ހަމަޖެހުމެކެވެ. އެ ސިލްސިލާގައި ލަލީގާގެ ތިން މެޗުން މޮޅު ނުވެވުމާއި ހަތަރުވަނަ މެޗުގައި ސެލްޓަ ވީގޯ އަތުން ބަލިވުން ހިމެނެ އެވެ. އެ