ޖޯން ސީނާ ރެސްލިން އިން ރިޓަޔާކޮށްފި

މިހާރު

15 ޑިސެމްބަރު 2025 | ހޯމަ | 10:55

ޕްރޮފެޝަނަލް ރެސްލިންގައި މަޝްހޫރުކަން ހޯދައި އޭގެ ފަހުން އެކްޓިންގައި ވެސް ހުނަރު ދައްކާލި ޖޯން ސީނާ ރެސްލިންގެ ދާއިރާއިން ރިޓަޔާކޮށްފި އެވެ.

ޑަބްލިއުޑަބްލިއުއީގެ ތަރި ޖޯން ސީނާ ޕްރޮފެޝަނަލް ރެސްލިން އިން ރިޓަޔާކުރިކަން އިއުލާންކުރީ އޭނާގެ އެންމެ ފަހު މެޗަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ބޭއްވި މެޗުން އޭނާ ވަނީ ބަލިވެފަ އެވެ.

ފޮކްސް ސްޕޯޓްސްގެ ރިޕޯޓަރު ޓޮމް ރިނާލްޑީ އަށް ދިން އިންޓަވިއުއެއްގައި ޖޯން ސީނާ ވަނީ ރެސްލިންގެ ދާއިރާއިން އޭނާ ރިޓަޔާކުރުމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ.

މައުޟޫޢުތަށް