ބޮންޑައި ބީޗްގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިހާރު

15 ޑިސެމްބަރު 2025 | ހޯމަ | 12:07

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި އިއްޔެ ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ "ބޮންޑައި ބީޗްގައި ދިން ޓެރަރިސްޓް ހަމަލާ" ކުށްވެރިކުރާ ކަމަށާއި "ކުށެއް ނެތް އާންމުންގެ އެތައް ބަޔަކު މަރާލި އެފަދަ ފިނޑި، ރަހުމުކުޑަ އަމަލުތަކަށް އެއްވެސް މުޖުތަމައެއްގައި ޖާގަ ދީގެން ނުވާނެ" ކަމަށެވެ.

ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރާއްޖޭން ވަނީ އެދިފަ އެވެ.

މައުޟޫޢުތަށް