އެޗްޑީސީގެ މުވައްޒަފުންގެ ބޯނަސް އަށް 18،600ރ.

މިހާރު

15 ޑިސެމްބަރު 2025 | ހޯމަ | 12:21

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ މި އަހަރުގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދަކީ 18،600ރ. ކަމަށް ކަނޑައަޅައިފި އެވެ.

އެ ކުންފުނީގެ އިސްވެރިއަކު މިއަދު ވިދާޅުވީ، ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށެވެ.

އެޗްޑީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، އަހަރީ ބޯނަސް ދޫކުރަނީ މި އަހަރުގެ ތެރޭގައި އެ މުވައްޒަފަކު ހިދުމަތްކުރި މުއްދަތަކަށް ރިއާޔަތްކޮށްފަ އެވެ. އެހެންވެ، 18،600ރ. އަކީ އެންމެ ގިނައިން ލިބޭނެ މުވައްޒަފުންނަށް ޖެހޭނެ އަދަދެވެ.

މައުޟޫޢުތަށް