ފުވައްމުލަކު މަސް ފެކްޓްރީ އަންނަ ހަފުތާގައި ހުޅުވަނީ

މިހާރު

15 ޑިސެމްބަރު 2025 | ހޯމަ | 12:36

ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ ފިޝް ޕްރޮސެސިން ފެސިލިޓީ ނުވަތަ މަސް ފެކްޓަރީ އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

މިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ފުވައްމުލަކުގައި ހެދި މަސް ފެކްޓަރީގެ މަސައްކަތް ނިންމައި ހިދުމަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ފުވައްމުލަކުގައި އައިސް ޕްލާންޓެއް ހެދުމުގެ މަސައްކަތް 2019 ގައި ފަށައި، އެތަނާ ޖެހިގެން މަސް ފެކްޓަރީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން 2021 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ހުއްޓުނު ކަމަށް މިފްކޯ އިން ބުންޏެވެ.

މައުޟޫޢުތަށް