ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް އެތަން ޑިޒައިންކުރަން ހަވާލުކޮށްފި
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 1:49
ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، އެތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޑިޒައިން އެންޑް ކޮންސަޓެންސީގެ ހިދުމަތް ހޯދަން އައިލެންޑް އެވިއޭޝަނުން އަމިއްލަ ކުންފުންޏާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ދަރަވަންދޫ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއާޕޯޓުގައި މިހާރު ހުރި ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތާއި ޓާމިނަލް ބޮޑުކޮށް އާ ހިދުމަތްތައް ފެށުމުގެ މަސައްކަތް ކުރުމަށް ޑިޒައިން އެންޑް ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޑެޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އީޕޮކް އެސޯސިއޭޓްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޓާމިނަލް އެކި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ބެލުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި؛