ޔަހޫދީން މެރުމުން މުސްލިމުން އުފާ ފާޅުކުރަނީ ކަމަށް ބުނެ ދެއްކީ ކްރިސްމަސް ޕާޓީއެއްގެ ވީޑިއޯ
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 2:15
އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި އިއްޔެ ޔަހޫދީންގެ ދީނީ މުނާސަބަތެއް ފާހަގަކުރަނިކޮށް ބަޑިޖަހައި 15 މީހަކު މަރާލުމުން މުސްލިމުން އުފާ ފާޅުކޮށް ހަވާ އެރުވި ކަމަށް ބުނެ އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާގައި ކްރިސްމަސް ޕާޓީއެއްގެ ވީޑިއޯ ދައުރުކޮށްފި އެވެ.
އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ހަވާ އަރުވާ މަންޒަރު ފެންނަ ވީޑިއޯ އަކީ މުސްލިމުންނާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ ކްރިސްމަސް ފާހަގަކުރަން ބޭއްވި އިވެންޓެއްކަން ކަށަވަރުކޮށްދީފަ އެވެ.
ބޮންޑައި ބީޗްގައި ބަޑިޖެހި ހާދިސާ އަކީ ޔަހޫދީންނާ ދެކޮޅަށް ހިންގި ޓެރަރިސްޓް އަމަލެއް ކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވާއިރު އެކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު އެތައް ވާހަކައެއް ވަނީ ފަތުރަން ފަށައިފަ އެވެ.