ކައުންސިލްގައި ތިއްބެވި ޑިމޮކްރެޓްސްގެ ދެ މެންބަރުން އެމްޑީޕީއާ އަލުން ގުޅިއްޖެ

މިހާރު

15 ޑިސެމްބަރު 2025 | ހޯމަ | 2:38

މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ޑިމޮކްރެޓްސް ޕާޓީގެ ދެ މެންބަރުން ކަމަށްވާ ސައިފް ފާތިހާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެމްޑީޕީއާ އަލުން ގުޅިއްޖެ އެވެ.

އެ ދެ ބޭފުޅުން އެމްޑީޕީއާ އަލުން ސޮއިކުރެއްވިއިރު ދެ ކައުންސިލަރުން ކައުންސިލަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް، އެމްޑީޕީއާ އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެ ޕާޓީން 2023 ވަނަ އަހަރު ވަކިވެވަޑައިގަތީ އެވެ.

ސައިފާއި ނާޒިމާ އެމްޑީޕީ ދޫކޮށް އޭރު ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސް ޕާޓީއަށެވެ. ސައިފް ވަނީ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އެ ޕާޓީގެ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވެސް ވާދަކުރެއްވި އެވެ.

މައުޟޫޢުތަށް