ދިއްލީގެ ވައި ނުސާފުވުން: ކިޔަވައިދިނުން އޮންލައިންކޮށް، އިމާރާތްކުރުމުގެ މަސައްކަތް މަނާ
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 3:46
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ނުސާފުވެ، ބޭރުގައި އުޅުން ނުރައްކާވުމުން ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް އަދި އިމާރާތްކުރުމުގެ މަސައްކަތްކުރުން މަނާކޮށްފި އެވެ.
ދިއްލީގެ އިތުރުން އެ ސިޓީގެ ވަށައިގެންވާ އަވަށްތަކުގައި ވެސް ވަނީ މިގޮތަށް އަމަލުކުރަން އަންގައިފަ އެވެ.
ވިހަ ދުމުގެ އަސަރު މިއަދު ހެނދުނު ވަރަށް ބޮޑަށް ގަދަވެ ދަތުރުކުރުމަށް ވެސް ހުރަސްއެޅި ފްލައިޓްތަކާއި ރޭލުތައް ވެސް ހުއްޓުމަކަށް އައިސްފައިވެ އެވެ.