ދިގައްޔާއި އާއްޓޭ ހިމެނޭހެން ސިނގިރޭޓް ވައްކަމުގައި ބައިވެރިވި މީހުންނަށް ދައުވާކޮށްފި

މިހާރު

15 ޑިސެމްބަރު 2025 | ހޯމަ | 9:17

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

އެގޮތުން ވައްކަން ރާވާ ހިންގަން މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ތުހުމަތުވާ ވިޔަފާވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ.

މައުޟޫޢުތަށް