މަސްތުވާތަކެތީގެ ބާވަތެއް އެމެރިކާއިން ނިއުކްލިއާ އަދި ކެމިކަލް ހަތިޔާރުގެ ކެޓަގަރީގައި ހިމަނަނީ
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 2:30
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނިލް "ވެޕަން އޮފް މާސް ޑިސްޓްރަކްޝަން" ނުވަތަ ފަނާކުރުވަނިވި ގެއްލުންދޭ ނުރައްކާތެރި ހަތިޔާރުގެ ކެޓަގަރީގައި ހިމަނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައިފި އެވެ.
ލެޓިން އެމެރިކާގެ ޑްރަގް ކާޓެލްތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވާފައިވާ ޓްރަމްޕުގެ މި ނިންމެވުމާ އެކު ފެންޓަނިލް ހިމެނޭނީ ނިއުކްލިއާ އަދި ކެމިކަލް ހަތިޔާރު ވެސް ހިމެނޭ ކެޓަގަރީގަ އެވެ.
"އެއްވެސް ބޮމަކުން ނުލިބޭ ގެއްލުން މީގެ ސަަބަބުން އެބަ ވޭ -- ދެ ލައްކަ، ތިން ލައްކަ މީހުން ކޮންމެ އަހަރަކު މަރުވާކަން އެބަ އެނގޭ،" ފެންޓަނިލް އަކީ ފަނާކުރުވަނިވި ހަތިޔާރެއްގެ ގޮތުގައި ކަނޑައެޅުމުގެ ރިޔާސީ ގަރާރުގައި ސޮއިކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.