ބޮންޑައި ބީޗްގައި ހަމަލާދިން މީހަކު ހުއްޓުވި އަހްމަދަށް އެހީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ޑޮލަރު

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 6:31

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ޔަހޫދީންގެ ފެސްޓިވަލެއް ކުރިއަށް ދަނިކޮށް ބަޑިން ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކު ހުއްޓުވައި އޭނާގެ ބަޑި އަތުލި އަހްމަދު އަލް އަހްމަދަށް އާންމުންގެ ފަރާތުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް ބުނެފި އެވެ.

އޮސްޓްރޭލިއާގައި މޭވާ ވިއްކުމުގެ ވިޔަފާރިކުރާ އަހްމަދު ވަނީ ބަޑި ހިފައިގެން ހުރި މީހެއްގެ ފަހަތުން ގޮސް ކަރުގައި ބައްދައި ވައްޓާލުމަށް ފަހު ބަޑި އަތުލައިފަ އެވެ. ހަތިޔާރެއް ވެސް ނެތި އަހުމަދު ގޮސް ބަޑި އަތުލައި އެ މީހާއާ ދިމާލަށް އަމާޒުކުރުމާ އެކު އެތަނުން ދުރަށްދެ އެވެ.

އެކަމަކު ބަޑި ގެއްލުނު މީހާ ވަނީ ދުރުގައި ހުރެ ހަމަލާދެމުން ދިޔަ ދެ ވަނަ މީހާ ކައިރިއަށް ގޮސް އަލުން ހަމަލާގައި ބައިވެރިވެފަ އެވެ. އަދި އެ މީހުންގެ ހަމަލާއެއްގައި އަހްމަދުގެ އަތާއި ފަޔަށް ވަޒަން އަރައި ޒަހަމްވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

މައުޟޫޢުތަށް