އަށް ލަނޑުގެ މެޗުން ހަތަރު ލަނޑު ބައިކޮޅަށް، އަމޮރިމް ބުނީ ޑިފެންސްގެ މައްސަލައެއް ނެތޭ!

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 8:40

ބޯންމައުތާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން 4-4 ން އެއްވަރުވީ އިރު ވެސް ދިފާއީ ގޭމްގެ މައްސަލައެއް ނެތް ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އަށް ލަނޑު ފެނިގެން ދިޔަ މެޗުގެ ލީޑް ޔުނައިޓެޑަށް ހިފަހައްޓާ ނުލެވި އެއްވަރުވީ ފަހު ވަގުތު ބޯންމައުތުން ޖެހި ލަނޑުންނެވެ.

މެޗުގެ ކުރީކޮޅު އަމަޑް ޑިއާލޯ ޔުނައިޓެޑަށް ލިޑް ނަގައި ދިނެވެ. މެޗުގެ 40 ވަނަ މިނެޓްގައި އެންޓޮއިން ސެމޭނިޔޯ ބޯންމައުތަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާލޯސް ކަސެމީރޯ ޔުނައިޓެޑަށް އަލުން ލީޑް ނަގައިދިނެވެ.

މައުޟޫޢުތަށް