ކޯޓުން ބޭރުގައި ވަރި ނުކުރެވޭ ގޮތް ހަދަންޖެހޭ: ޝަމީމް
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 10:29
ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫން ކަމަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކުރާ ވަރިއަކީ ވަރިއެއް ނޫން ކަމަށް ފެމެލީ ކޯޓުން ކުރި ހުކުމަކާ އެކު އުފެދުނު ބަހުސާ ގުޅޭ ގޮތުން އޭނާ ބްލޮގްގައި ލިއުއްވި ލިޔުމެއްގަ އެވެ.
ގަދަ ރުޅީގައި، ކުރެވޭ ކަންކަން ފަހުމު ނުވާ ހާލަތުގައި ކުރާ ވަރި ސައްހަ ނޫން ކަމަށް ރާއްޖޭގެ ކޯޓުތަކުން އަބަދުވެސް ކަނޑައަޅަ އެވެ. އެކަމަކު އޭގެ ނިންމުމެއް "މިހާރު" އިން ރިޕޯޓްކުރުމާ އެކު އާންމުންނާއި ދީނީ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި އެ މައުޟޫގައި ހޫނު ބަހުސްތަކެއް ކޮށްފައިވެ އެވެ.