ޑްރަގް ޓްރެފިކިންއާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން ރާއްޖެ އާއި އިންޑިއާ ސިފައިން މަޝްވަރާކޮށްފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 9:30

މެރިޓައިމް ސެކިއުރިޓީ އާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކުރެއްވީ ދެ ގައުމުގެ ސިފައިން އާންމުކޮށް ބާއްވަމުން އަންނަ "އެކަތަ" އަސްކަރީ ތަމްރީންތަކުގެ މި އަހަރުގެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ ބައްދަލުވުމެއްގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އަށް އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އެކަތަ" އެކްސަސައިޒްގެ މި އަހަރުގެ ބުރު ނިންމުމުގެ ރަސްމިއްޔާތަށް ވަޑައިގަތް ވައިސް އެޑްމިރަލް ސޮބްޓީ މާދަމާގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށާއި މިއީ އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރު ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް