ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި އުރުދުން، އަރަބި ކަޕްގައި ވެސް ވިދަނީ!
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 12:06
އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅެން ތައްޔާރު ވަމުން އަންނަ އުރުދުން މުޅިން އަލަށް ފީފާ އަރަބި ކަޕް ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެ ޓީމު ފައިނަލަށް ދިޔައީ، ހާވޭ ރެނާޑްގެ ކޯޗުކަމުގައި ކުޅުނު ސައުދީ އަރަބިއްޔާ 1-0 އިން ބަލިކޮށްފަ އެވެ. އެ ޓީމުގެ ހަމަ އެކަނި ގޯލު 66 ވަނަ މިނިޓުގައި ޖަހައިދިނީ ނިޒާރު އައްރަޝްދާން އެވެ.
ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ސައުދީ އަރަބިއްޔާ މި މުބާރާތަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އުރުދުން އަތުން ބަލިވި މެޗަށް ފަހު ސައުދީގެ ކޯޗު ރެނާޑް ބުނީ، އެ ޓީމަށް ދެކޮޅަށް ކުޅުނީ އުނދަގޫ މެޗެއް ކަމަށެވެ.