"ދުރަންދަރު"އަށް 600 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 11:33
މި މަހު ފަހަކުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 600 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓްކުރި ގޮތުގައި، "ދުރަންދަރު" ސިނަމާތަކުގައި ދައްކަމުން އަންނަތާ އެންމެ 11 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 600.75 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިިބިފަ އެވެ.
އޭގެ ތެރެއިން، އިންޑިއާގައި އެކަނި ދައްކައިގެން އެ ފިލްމަށް ލިބުނު އާމްދަނީއަކީ 455.50 ކްރޯޑް ރުޕީސް އެވެ.