ފުލުހުންގެ "ނޫ ޔުނީފޯމް" އަށް ގަދަރު ކުޑަވާ އެއްވެސް ކަމެއް ނުކުރަން ސީޕީ އެދިވަޑައިގެންފި
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 11:43
ފުލުހުންގެ ނޫ ޔުނިފޯމަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި އެހެންވެ އެ ޔުނިފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ރޭ އެދިވަޑައިގެންފި އެވެ.
އޭނާ އެ ކަމަށް އެދިވަޑައިގަތީ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ނަވީން ވިދާޅުވީ، ފުލުހުން ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ޑިއުޓީ އާއި ފުލުހުންގެ ހުވަ އާއި އަޒުމް އަދި ހަވާލު ކޮށްފައިވާ ޒިންމާ "ނޫ ޔުނީފޯމް" ހަނދާން ކޮށްދޭނެ ކަމަށެވެ.