ވޯކް ޕާމިޓާ ގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބިދޭސީންގެ ވަޒީފާއާ ބެހޭ ގަވާއިދު އާންމުކޮށްފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 3:43

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާންމުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އެ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ނޮން-ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ބިދޭސީންގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކްލިޑް) ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވޯކް ޕާމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށް ހަމަޖެއްސުން ހިމެނެ އެވެ. ކުރިން އެ ހާލަތުގައި ވޯކް ޕާމިޓް ދެވެނީ ފަސް އަހަރު ދުވަހަށެވެ.

ވަޒީފާ ދޭ ފަރާތް ބަދަލުކުރެވޭނީ ވޯކް ޕާމިޓް ފީ ނުދައްކާތާ އެއް މަސްދުވަސްވެ، ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގައި ވަޒީފާ ދިން ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.

މައުޟޫޢުތަށް