ނިއު ބަލިކޮށް މާޒިޔާ ގަދަކޮށްފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 1:49

އެފްއޭއެމް ވިމެންސް ލީގުގައި ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މާޒިޔާ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ތިން ލަނޑު ވެސް ޖަހައިދިނީ އެ ޓީމަށްކުޅޭ ނޭޕާލް ގައުމީ ޓީމުގެ ފޯވާޑް ރޭކާ ޕޫޑެލް އެވެ.

ފުރަތަމަ ހާފުގައި އެ ޓީމަށް ކުޅޭ ނޭޕާލްގެ މިޑްފީލްޑަރު ދީޕާ ޝާހީ، އަމިއްލަ ހާފުގައި ހުރެ މަތިން ދިން ބޯޅަ ހޯދައިގެން ރޭކާ އޭރިއާ ތެރެއަށް ވަދެ ކާމިޔާބު ކުރީ ހަތް ވަނަ މިނިޓުގަ އެވެ. އަދި ދެ ވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ރޭކާ ކާމިޔާބު ކުރީ ވެސް ދީޕާ ނަގައިދިން ހުރަހަކުންނެވެ.

މައުޟޫޢުތަށް