ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ކުރީގައި އަންހެނުން
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 2:04
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އަންހެން ފުލުހަކަށް ފުރަތަމަ ފަހަރަށް ލިބި އަދި މުޅި ކޯހުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ވެސް އަންހެން ފުލުހުން ހިމެނިއްޖެ އެވެ.
ފުލުހުންގެ 41 ވަނަ އިނީޝަލް ޓްރެއިނިން ކޯސް ނިންމައި ހުވާކުރުމަށް، އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކޯހުގެ އެންމެ ދަރިވަރަކަށް ހޮވުނީ އިމްޝާ އަބްދުއްލަތީފެވެ. ގދ. ފިޔޯރީ ސްކޫލުން 2019 ވަނަ އަހަރު އޯލެވެލް ނިންމި އިމްޝާ ފުލުހުންގެ ހިދުމަތާ ގުޅުނީ 2023 ވަނަ އަހަރު އެވެ.
އިމްޝާގެ ކާމިޔާބީ ފާހަގަ ކުރައްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުރަތަމަ ފަހަރަށް އަންހެން ފުލުހަކަށް އެ ކޯހުން އެއްވަނަ ލިބުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުން ޖާގަ ހޯދައި ތަމްރީނުގެ ތާރީހު ބަދަލުކޮށްލި ކާމިޔާބީއެއް ކަމަށެވެ.